ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާފައިވަނީ ރައީސް ގެންނަވާ ހެޔޮ ބަދަލަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި 20 ވަޒީރަކު ހިމެނިވަޑައިގަންނަވަ އެވެ. އޭގެތެރެއިން 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ މި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށެވެ.

މިއަދު އިސްތިއުފާދެއްވި ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެބޭފުޅުންނަށް ރައީސް މުއިއްޒު ޝުކުރު އަދާކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މަގާމުން އިސްތިއުފާ ދެއްވި ވަޒީރުން

  1. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް
  2. ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
  3. ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
  4. ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
  5. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތް ޝިހާމް
  6. އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ
  7. ޔޫތް އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)
  8. ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިިނިސްޓަރު ޠާރިޤު އިބްރާހިމް
  9. ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
  10. ދިވެހި ލޭންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް

Leave a Reply

Your email address will not be published. Required fields are marked *